ސަރުކާރުން ކުރާއް ވައްކަން އިތުރުވެ، ރައްޔިތުން ނިކަމެތިވަމުންދާތީ އެކަން ބަލާނޭ ޚާއްސަ ކޮމެޓީއެއް އެކުލަވާލައިފައިވާ ކަމަށް އިކޮޅު އެންމެ ބޮޑު ސިޔާސީ ކޯލިޝަން ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ޖަގަހަ ޖަލްސާގައި ބުދަދުވަހުގެ ރޭ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖްލީސް މެންބަރުކަންވެސް ކުރައްވާ އަޙްމަދު ޝިޔާމް ވިދާޅުވީ، މިސަރުކާރުގެ ވައްކަން އިތުރުވެ ރައްޔިތުން ނިކަމެތިވަމުންދާތީ، އެކަން ބަލައި ހިސާބުކުރާނޭ ކޮމިޓީއެއް ހަދަން ޖެހުނީ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ވާނީ ވައްކަމުގެ ހިސާބުތައް ބަލާނެ ހާއްސަ ކޮމިޓީއެއް ހަދާފައި. އެ ކޮމިޓީ އަޅުގަނޑުމެން ޚާއްސަކުރަން ޖެހޭ، ސަރުކާރުން ވައްކަން ކުރާލެއް ގިނަކަމުން،" ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕޭން ޝިޢާރާ ގުޅުވައިގެން ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މިބވަގުތު އަމާންކަމެއް ނެތްކަމަށާއި، ގޮތްނޭނގޭ މަރުތައް އިތުރުވެއްޖެ ކަމަށާއި، އަދި މި ސަރުކާރު އައިފަހުން ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، މަސައްކަތްކުރާން ޖެހޭ ވަގުތު އިތުރުވެފައިވާ ކަމަށާއި އާއިލާއާއެކު ހޭދަކުރާނޭ ވަގުތު ގިނަ މީހުންނަށް ނުލިބޭ ކަމަށާއި އެހެންކަމުން "އުފާވެރި އަމާން ރާއްޖެ" ޝިޢާރާ ފެންނަ މަންޒަރާ ދިމާ ނުވާކަމަށެވެ.