ކީރިތި ޤުރުއާން އެންދުން މަނާކުރުމަށާއި، ދީނީ ނަފްރަތު އުފެދޭ ފަދަ ކަންކަން ކުރުން މަނާކުރުމަށް ގޮވާލައި އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގައި މިއަދު މަޝްވަރާކޮށް، ވޯޓުނެގި ގަރާރާ ދެކޮޅަށް އެމެރިކާއާއި ހުޅަނގުގެ ގިނަ ގައުމުތަކުން ވޯޓުދީފިއެވެ. ނަމަވެސް، މިގަރާރު ވަނީ ފާސްވެފައެވެ.

ސްވިޑެންގައި ކީރިތި ޤުރުއާން އެންދި، ހާދިސާއާ ގުޅިގެން މިއަދު އދގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަދެއްކި ހުރިހާ ގައުމަކުންވެސް ވަނީ ޤުރުއާން އެންދުން ކުށްވެރިކޮށްފައެވެ. ނަމަވެސް އެމެރިކާއާއި އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަންއިން ވަނީ، މިގަރާރާ ދެކޮޅަށް ވޯޓުދިނުމަށް އެހެން ގައުމުތަކަށްވެސް ގޮވާލައިފައެވެ.

ޤަރާރު ފާސްކުރާން ދެކޮޅުހެދި 12 ގައުމު:

  • އެމެރިކާ
  • އިނގިރޭސިވިލާތް
  • ރޫމޭނިއާ
  • މޮންޓެނީގްރޯ
  • ލަގްޒަމްބާރގް
  • ލިތުއޭނިއާ
  • ޖަރުމަން
  • ފްރާންސް
  • ފިންލޭންޑް
  • ޗެކްރިޕަބްލިކް
  • ކޮސްޓާ ރިކާ
  • ބެލްޖިއަމް

ޤަރާރު ފާސްކުރާން ވޯޓުދިން 28 ގައުމުތަކުގެ ތެރޭގައި:

  • ދިވެހިރާއްގެ
  • ޗައިނާ
  • އިންޑިއާ
  • ޔޫކްރޭން
  • ޕާކިސްތާން
  • ބަންގްލަދޭޝް
  • މެލޭޝިއާ
  • އާޖެންޓީނާ
  • ދެކުނު އެފްރިކާ
  • އަދި އެފްރިކާގެ ގިނަ ގައުމުތަކާއި އޭޝިއާ އަދި އަރަބި ގައުމުތައް ހިމެނޭ.

ވަކިކޮޅަކަށް ވޯޓު ނުދޭ 7 ގައުމު:

  • ބެލްޖިއަމް
  • ޗިލީ
  • ހޮންޑޫރަސް
  • ޖޯޖިއާ
  • މެކްސިކޯ
  • ނޭޕާލް
  • ޕަރަގުއޭ

މުސްލިމުން އެންމެ ކުލަގަދަކޮށް ފާހަގަކުރާ އަޟްޙާ ޢީދާ ދިމާކޮށް، ޖޫން 28 ވަނަ ދުވަހު، ސްވިޑެންގެ ހިމާޔަތް ހޯދައިގެން އުޅޭ އިރާގުގެ ހައްދުފަހަނައެޅި ކުރުދީ ރެފިއުޖީއަކު ކީރިތި ޤުރުއާނުގެ ކޮޕީއެއް އެންދި ހާދިސާއާ ގުޅިގެން އޯއައިސީގެ ގައުމުތަކުން ވަނީ، މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށް، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިފަދަ ކަންކަން ގައުމުތަކުގައި މަނާކުރުމަށް ގޮވާލާ ޤާނޫނުތައް ހަދައި އެފަދަ ކަންކަން ހުއްޓުވާން އެދިފައެވެ.