ރާއްޖޭގައި މިހާރުއޮތް އެންމެ ދުވަސްވީ ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އޮފީސް، އެހެން އިމާރާތަކަށް ބަދަލުކޮށްފިއެވެ. އަހަރުތަކެއް ވާންދެން އެމްޑީޕީ ރަސްމީ އޮފީސް ހިންގަމުން އައި ހ. ޝަރާޝާއިން އޮފީސް ބަދަލުކުރީ ގ. ނިއުޝާއަށެވެ.

އެމްޑީޕީން ބުނީ، ޕާޓީގެ ރަސްމީ އޮފީސް، ސޯސަން މަގުގައި ހުންނަ ހ. ޝަރާޝާއިން ލިލީ މަގުގައި ހުންނަ ގ. ނިއުޝާއަށް ބަދަލުކުރީ، އޮފީސް ހިންގާ އިމާރާތުގެ ޖާގަ ތަނަވަސްކުރާން ކަމަށެވެ. އަދި ކުރިން ބޭނުންކުރި އިމާރާތް އަދިވެސް ބޭނުން ކުރާނޭ ކަމަށެވެ.

 

އެމްޑީޕީ ދެފަޅިވެ، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އުފެއްދި ދަ ޑިމޮކްރެޓްސްއިން، މާލޭގައި ހުރި އެމްޑީޕީގެ މައި ޖަގަހަ އަތުލިތާ މާކަ ގިނަ ދުވަސްތަކެއް ނުވަނީހެވެ.