ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖެއާއި ބޭރުގެ ގައުމުތައް ހިމެނޭހެން، ބަހައްޓާން ހަމަޖެހިފައިވަނީ ޖުމުލަ 604 ވޯޓުފޮށި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އީސީގެ ނައިބުރައީސް އިސްމާއީލު ހަބީބުކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2023 ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 604 ވޯޓުފޮށި ބަހައްޓާގޮތަށް ކޮމިޝަނުން އާދީއްތަ ދުވަހު ނިންމާފައިވާ ކަމަށެވެ.

ވޯޓްފޮށި ބަހައްޓާން މިހާތަނަށް ނިންމާފައިވާގޮތް:

  • ރައްޔިތުންނަށް 61 ވޯޓު ފޮށި
  • މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް 77 ފޮށި
  • ހުޅުމާލޭ ފޭސް އެކެއްގެ މާލޭ ރައްޔިތުންނަށް 6 ފޮށި
  • ހުޅުމާލޭ ފޭސް އެކެއްގެ އަތޮޅުތަކުގެ ރައްޔިތުންނަށް 16 ފޮށި
  • ހުޅުމާލެ ފޭސް 2 މާލޭސިޓީ ރައްޔިތުންނަށް 1 ފޮށި
  • ހުޅުމާލެ ފޭސް 2 އަތޮޅުތަކުގެ ރައްޔިތުންނަށް 16 ފޮށި
  • ވިލިމާލޭގެ މާލޭ ރައްޔިތުންނަށް 6 ފޮށި
  • ވިލިމާލޭގެ އަތޮޅުތަކުގެ ރައްޔިތުންނަށް 4 ފޮށި
  • އަތޮޅުތަކުގައި 319 ފޮށިރިސޯޓުތަކުގައި 78 ފޮށި
  • މާފުށީ ޖަލުގައި 2 ފޮށިއައްސޭރި ޖަލުގައި 1 ފޮށި
  • ހުޅުމާލެ ޖަލުގައި 1 ފޮށި
  • ދޫނިދޫގައި 1 ފޮށި
  • ހުޅުލޭގައި 1 ފޮށި
  • ތިލަފުށީގައި 1 ފޮށި
  • އިންޑިއާގެ ޓްރިވެންޑްރަމްގައި 1 ފޮށި
  • އިންޑިއާގެ ނިއު ދިއްލީގައި 1 ފޮށި
  • މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި 2 ފޮށި
  • ސިންގަޕޫރުގައި 1 ފޮށި
  • ސްރީލަންކާގެ ކޮލަމްބޯގައި 4 ފޮށި
  • އިނގިރޭސިވިލާތުގެ ލަންޑަންގައި 1 ފޮށި
  • ތައިލެންޑްގެ ބެންކޮކްގައި 1 ފޮށި
  • ޔޫއޭއީގެ އަބޫދާބީގައި 1 ފޮށި
  • ޖަޕާންގެ ޓޯކިޔޯގައި 1 ފޮށި

ހަބީބު ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް  ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި، ތަންތަނުގެ ތަފްސީލް މިރޭ އީސީ އިން އިޢުލާން ކުރާނެކަމަށެވެ.