ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ އެއް ކުންފުނިކަމަށްވާ އުރީދޫ މޯލްޑިވްއިން ދޭ އިންޓަނެޓްގެ ޚިދުމަތަށް އަލަށް ގުޅޭ ފަރާތްތަކުގެ ތެރޭން ހޮވާލެވޭ ނަސީބުވެރީންނަށް އެޕަލް އެންމެ ފަހުގެ އައި ފޯނުކަމަށްވާ، އައިފޯން14 އެއް ލިބޭގޮތަށް ޚާއްސަ ޕްރޮމޯޝަނެއް އެކުންފުނިން އެބަ ކުރިއަށް ގެންދެއެވެ.

އުރީދޫން ބުނީ، ބޮޑު އީދު ބަންދާ ގުޅުވައިގެން އުރީދޫއިން ތައާރަފްކުރި ހާއްސަ ޕްރޮމޯޝަންގެ ތެރޭން، ޖުލައި 31ގެ ކުރިން އާ ސުޕާނެޓް ކަނެކްޝަނެއް، ފަސޭހަ ހޯމް ބްރޯޑްބޭންޑް ނުވަތަ ފަސޭހަ ޕްލަސްގެ އިތުރުން 5ޖީ އެއާފައިބާ އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް އައިފޯން 14 ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މީގެ އިތުރުން، ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރައްވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް، ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް، ވާވޭ ވޮޗް ބަޑްސް އަދި ސެމްސަންގް ގެލެކްސީ ބަޑްސް ދި ގްރެފައިޓް ފަދަ އަގުހުރި އިނާމުތަކެއް ހިމެނޭ ކަމަށް އެކުންފުނިން ބުނެއެވެ.