ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދައިދިނުމުގެ ބަދަލުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރު ޝާމިލުވެގެން ދިޔައީ ބިރުން ފިއްކަނޑައިގެން ދާވަރުގެ ބޮޑެތި ކަންތައްތަކެއްގައި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އެމްޑީޕީން ވަކިވެ އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްގެ "ހައުސް އޮފް ޑިމޮކްރެޓްސް" ހުޅުވުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވަނީ ރައީސް ޞާލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ދޫކޮށް އެމަނިކުފާނު ނުކުމެވަޑައިގަތީ، ޕާޓީގެ ސިޔާސަތުތަކާއި ރައްޔިތުންނަށް ވައުދުވި ވައުދުތައް ނުފުއްފައި މުޅިން އެހެން ކަންތައްތަކެއްގެ ތެރޭގައި ސަރުކާރު ޝާމިލްވަމުން ދިޔުމުން ކަމަށެވެ.

"އެކަންތައްތައް ވެގެން ދިޔައީ ބިރުން ފިއްކަނޑައިގެން ދާ ކަންތައްތަކަށް. އެއީ ވައްކަމާ ޚިޔާނާތުގެ ނެޓްވޯކަކަށް،" ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ ލޯލާރިއެއްގައިވެސް ޖެހިފައި ނޯންނާނޭކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ ޚިޔާނާތުގެ ލައްގަނޑެއްގައި ޖެހެން ބޭނުން ނުވާކަމަށެވެ. އެގޮތުން، އެމަނިކުފާނު ބައިވެރިވާ ސަރުކާރަކުން ރައްޔިތުންގެ ނޭވާހޮޅިން ވައްކަން ނުކުރާނޭ ކަމަށާއި، އަދި ރައީސް އިބްރާހީމަށް ދެވަނަ ދައުރެއް ރައްޔިތުން ދޭންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވިއެވެ.

"ކޮވިޑުގެ ނާމާން ދުވަސްވަރު، ހަމައެކަނި ދިވެހިން ގޮވަމުން ދިޔައީ އެހީތެރިވެދޭށޭ. އެމްބިއުލާންސްގެ ސައިރަންގެ އަޑުނޫން އަޑެއް ނީވޭ. މަގުތައް ބަންދުވެފައި އެންމެން ތިބީ ހައްޔަރުވެފައި. އެ ވަގުތުގައި ދިވެހީންނަށް ޚިޔާނަތްތެރިވުމަކީ ވަފާތެރިކަމެއް، އިންސާނިއްޔަތުތަކެއް އެއްގޮތަކަށް ވެސް ނެތުން. ވެންޓިލޭޓަރުގެ ވައްކަން އަޅުގަނޑުމެން ހޯދަންޖެހޭ." ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކަންކަން ތަންފީޒުކޮށްދޭނޭ ސަރުކާރެއް އުފެއްދުމަށް ކަމަށާއި، ކޮންޓްރެކްޓަރުން ޚިޔާނާތްތެރިވުމަށް ހިންގާ މަޝްރޫއުތައް ބޭނުން ނޫން ކަމަށާއި ދިވެހިރާއްޖެ އެދި ގޮވާ އެތައް ކަމެއް ފުއްދައިދޭނޭ ސިޔާސަތު ތަކަކާއެކު ވެރިކަމަށް އަންނާން ތިބީ އެމަނިކުފާނަށް ވަފާތެރި ޑިމޮކްރެޓުން ކަމަށެވެ.