އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓްހައުސް ތެރޭން އެތަނުގެ ސީކްރެޓް ސަރވިސަސްއަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކޭން ފެނުމާ ގުޅިގެން އެކަމުގެ ތަހްގީގުތައް ފަށައިފިއެވެ.

މަސްތުވާތަކެތި ފެނިފައިވަނީ، އެމެރިކާގެ ރައީސް ޖޯބައިޑެންގެ އޮފީސްކޮޅު، އޯވަލް އޮފީހުގެ އިތުރުން، އޭނާގެ އެންމެ އަރިސް ބޭފުޅުންގެ އޮފީސްތަކާއި ނައިބު ރައީސް ކަމަލާ ހެރިސްގެ އޮފީސްކޮޅުވެސް ހުންނަ ޢިމާރާތުންނެވެ. އެއާ ގުޅިގެން ކުޑަވަގުތު ކޮޅަކަށް ސަލާމަތީ ބާރުތަކުން އެތަން ބަންދުވެސް ކުރިއެވެ.

ރައީސް ޖޯ ބައިޑެން މިވަގުތު އާއިލާއާއެކު ކޭމްޕް ޑޭވިޑްގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާއިރު، ވައިޓްހައުސް ތެރޭން ކޮކެއިން ފެނިފައި މިވަނީ އެތަނުގެ މުވައްޒަފުންނާއި ބޭރުން ޒިޔާރަތްކުރާ މީހުންގެ މޯބައިލް ފޯނުތައް ބަހައްޓާ ސްޓޯރޭޖް ފެސިލިޓީއެއްގެ ތެރެއިން ކަމަށް ވެއެވެ.