އުތުރާއި މެދުރާއްޖެތެރެ ހިމެނޭގޮތަށް މިރޭވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނޭކަމަށް ބެލެވޭތީ ގައުމީ މޫސުމާބެހޭ އިދާރާ (މެޓް އޮފީސް)އިން ހުދު ސަމާލު ނެރެފިއެވެ.

ހުރިހާ ފަރާތަކުންވެސް މޫސުމަށް ސަމާލުވުމަށް އެދި މެޓް އޮފީހުން ނެރުނު ހުދު ސަމާލުގައި ވަނީ، މިރޭގެ 23:45އާއި ހަމައަށް އެލަރޓް ނެރެފައިވަނީ، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ލ.އަތޮޅާ ދެމެދުގެ ރަށްތަކަށް، މޫސުން ގޯސްވާނޭކަމަށް ލަފާކޮށްފައެވެ.

އެގޮތުން، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނޭ ކަމަށާއި، އާންމުގޮތެއްގައި ވައިގެ ބާރުމިން 10 މޭލާ 23 މޭލާ ދެމެދުގައި ހުންނާނޭކަމަށް ލަފާކުރާއިރު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނޭކަމަށް މެޓުން ލަފާކުރެއެވެ.

މި ދުވަސްވަރަކީ ސްކޫލް ބަންދުގެ ދުވަސްވަރުކަމުން ގިނަ ބަޔަކު އެއްތަނުން އަނެއް ތަނަށް ކަނޑުތަދުރުތައް ކުރާދުވަސްވަރަކަށް ވާތީ، އެފަދަ ފަރާތްތަކުން ވެސް ކަނޑުދަތުރުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން އެދެއެވެ، ކަނޑު ގަދަވާ ވަގުތު ރާޅުގެ އުސްމިން 4 ފޫޓާ 7 ފޫޓާ ދެމެދަށް އުފުލޭނޭކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.