ދުނިޔޭގައި މިހާތަނަށް ބޭނުންކުރާ އެންމެ ކުރިއަރާފައިވާ ހަނގުރާމަމަތީ މަތިންދާނބޯޓު ތަކުގެ ތެރޭގައި ހިމެނޭ، އެމެރިކާއިން އުފައްދާ އެފް-35 މަރުކާގެ ފައިޓަރ ޖެޓްގެ 25 އުޅަނދު ގަތުމަށް އިޒްރޭލްގެ އަސްކަރިއްޔާއިން ނިންމައިފިއެވެ.

އިޒްރޭލަކީ މިހާރުވެސް އެމެރިކާ ފިޔަވައި މިބާވަތުގެ މަތިންދާ ބޯޓު ގެންގުޅޭ، އަދި މެދު އިރުމަތީގައި އެފް-35 ހުރި ހަމައެކަނި ގައުމެވެ. އިޒްރޭލުން އެންމެ ފުރަތަމަ ހަނގިރާމައިގައި އެފް-35 ބޭނުންކުރީ 2018 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި ކަމަށް އެގައުމުގެ އަސްލަރިއްޔާއިން ހާމަކުރެއެވެ.

އެފް-35ގެ ފައިޓަރ ޖެޓްގެ އަގު 3 ބިލިއަން ޑޮލަރަށްވުރެ އިތުރުވާނެއެވެ. މިއީ، އިސްރާއީލުން ގެން މިބާވަތުގެ މަތިންދާބޯޓުގެ ތިން ވަނަ ފްލީޓެވެ. މިއާއެކު، މެދުއިރުމައްޗާއި ގަލްފްގެ ގައުމުތަކަށް ހަމަލާދޭން އިޒްރޭލް އަތުގައި އެފް-35ގެ 75 އުޅަނދު އޮންނާނެއެވެ.

މީގެ ކުރީން، ޔޫއޭއީ އިންވެސް އެފް-35 ފައިޓަރ ޖެޓް ގަތުމަށް އެމެރިކާއާއެކު މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް، ޔޫއޭއީއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން މިހާތަނަށް އެ ވިޔަފާރީގައި ކުރިއެރުމެއް ލިބިފައި ނުވާތީ، މެދުއިރުމަތީގައި މިފަދަ ވަރުގަދަ ހަތިޔާރު ހުރި ހަމަ އެކަނި ގައުމުގެ ގޮތުގައި އޮތީ ޔަހޫދީންގެ ދައުލަތެވެ.

ޔަހޫދީންގެ އަސްކަރީ މަތިންދާ ބޯޓަކަށް އަމާޒުކޮށް، މިސައިލު ހަމާލާއެއް ދިންކަމަށް ބުނެ އިޒްރޭލުން މިދިޔަ އާދީއްތަ ދުވަހު ވަނީ ސީރިޔާގެ ރަށްބޭރު ސަރަހައްދެއް ކަމަށްވާ ހުމްސްގައިވާ އެއަރ ޑިފެންސް ބެޓްރީއަކަށް ވައިގެ ހަމަލާތަކެއްދީފައެވެ.