ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވާނޭކަމަށް ލަފާކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުން ގޯސްވާނޭކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ނެރުނު ހުދު ސަމާލުގައި ވަނީ، ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް، މިއަދު ހަވީރު 05:30 އިން ފެށިގެން ރޭގަނޑު 22:30 އަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިރުވެސް ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، އާންމުގޮތެއްގައި ގަޑިއަކު 18 މޭލު ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނޭ ކަމަށާއި އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން އިލްތިމާސްކޮށްފައިވެއެވެ.

މެޓު އޮފީހުން ބުނީ،  އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަޙައްދަށް ވިއްސާރަ އަލިކުރާނެކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަހުންކަމަށެވެ.