މިދިޔަ 2022 ވަނަ އަހަރުގެ ތެރޭގައި ގަވާއިދުން ޓެކްސް ނުދައްކާ ފަރާތަކާ ދޭތެރޭ އެޅި ތަފާތު ފިޔަވަޅުތަކުން 2.4 ބިލިޔަން ރުފިޔާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ހޯދައިފި ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މީރާއިން ޢާންމުކޮށްފައިވާ އެ އޮތޯރިޓީގެ އަހަރީ ރިޕޯޓުން ދައްކާގޮތުން، 2022 ވަނަ އަހަރު ޓެކްސް ނުދައްކާ ފަރާތްތަކަށް ނޯޓިސް ދީގެން 1.5 ބިލިއަން ރުފިޔާ، ފޯނުކޯލުތަކުން 94.4 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރ ކުރުމުގެ މަރުހަލާއިން 864.1 މިލިއަން ރުފިޔާ، އެކައުންޓް ފްރީޒް ކޮށްގެން 1.8 މިލިއަން ރުފިޔާ، ގާނޫނީ ފިޔަވަޅުއަޅައިގެން 1.2 މިލިއަން ރުފިޔާއާއެކު ތަފާތު އެކި މަރުހަލާތަކަށްފަހު ކުރެވުނު ޖޫރިމަނާއިން ލިބުނު ފައިސާއާއެކު ޖުމްލަ 2.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

މީރާގެ ރިޕޯޓުން ފާހަގަކޮށްލެވޭ ގޮތުން، ގަވާއިދުން ޓެކްސްނުދައްކާ ފަރާތްތަކުގެ ތެރޭން ޓެކްސް ނުދެއްކި ގިނަ ދުވަސްވެފައިވާ 598 ފަރާތަކަށް ބަހާލައިގެން ޓެކްސްދެއްކުމުގެ ލުއި އިންތިޒާމް ހަމަޖެއްސި އިރު އޭގެ ޖުމްލަ އަދަދު 1.7 ބިލިއަން ރުފިޔާއަށް އަރައެވެ.