ފަތުރުވެރީންތަކެއް ގޮވައިގެން، އުތުރު އެޓްލާންޓިކް ކަނޑުގެ އަޑިއަށް ފެތިފައިވާ މަޝްހޫރު ޓައިޓޭނިކް ބަލަން ޖޫން މަހުގެ 18 ވަނަ ދުވަހު ކަނޑުއަޑިއަށް ދަތުރުކުރި އޯޝަން ގޭޓްސް އެކްސްޕެޑިޝަންގެ ޓައިޓަންގެ ބައިތަށް ނަގައިފިއެވެ.

ބޮލަކަށް 250،000 އެމެރިކާ ޑޮލަރު ނަގައިގެން، ކަނޑުއަޑިއަށް ދަތުރުކުރި މި އުޅަނދުގެ 14 ވަނަ ދަތުރުގައި ޓައިޓޭނިކް ބެލުމަށްޓަކައި 5 މީހުންނާއެކު އަޑިއަށް ދަތުރުކުރިތާ 45 ވަރަކަށް މިނިޓްފަހުން އުޅަނދު ވަނީ، މަތީގައިގާ ކޮންޓްރޯލް ސެންޓަރާ ގުޅުންކެނޑިފައެވެ. އަދި ވީނުވީއެއް ނޭނގުމުގެ ސަބަބުން، ތަޖްރިބާކާރުންގެ މަސައްކަތުން ރޮބޮޓް ސިސްޓަމެއް ކަނޑު އަޑިއަށް ފޮނުވައިގެން އޭގެ ޚަބަރެއްވީ ޖެހިގެން އައި ދުވަހުއެވެ. އޭރު  ޓައިޓަން ވަނީ، ކަނޑުއަޑީގެ ޕްރެޝަރާއެކު ފުނޑުފުނޑުވެފައެވެ. އަދި އެއިން ދަތުރުކުރި އެކަކުވެސް ސަލާމަތެއް ނުކުރެވުނެވެ.

ޓައިޓަންގެ ބައިތައް ނަގާފައިވަނީ، ކެނެޑާގެ ނިއުފަންޑުލޭންޑްގެ ބަނދަރަށް ނަގައިފައެވެ. އަދި ތަޖްރިބާކާރުން ލަފާކުރާގޮތުން. 1400 ކިލޯމީޓަރު އަޑިއަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މި އުޅަނދު އަޑިއަށް ފަޅައިގެން ދިޔައީ އެއަށް ބެލުމެއް ނެތި މާ ގިނަ ދަތުރުތައް ކުރުމުގެ ސަބަބުންނެވެ.