ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް މުޅިން އާ، ލުއިފަސޭހަ ބަދަލުތަކެއް މޯލްޑީވްސް އިމިގްރޭޝަނުން ގެނެސް އެކަން ރަސްމީކޮށް ފަށައިފިއެވެ.
އިމިގްރޭޝަނުން ބުނީ، މިހާރު އެ އިދާރާގެ އިމުގަ ޕޯޓަލް މެދުވެރިކޮށް، ފަސޭހަކަމާއެކު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށާއި، މިހާރު ފޯމު ފުރައި، ސްކޭންކޮށް، އަޕްލޯޑް ކުރާން ނުޖެހޭނޭ ކަމަށެވެ. މިހާރު ފޯނުން ހުރިހާކަމެއް ކޮށްލެވޭނޭ ކަމަށާއި މި ބަދަލާއެކު ކަރުދާސް ބޭނުންކުރާ މިންވަރު ބޮޑުތަނުން މަދުވެ، ހިދުމަތަށް އެދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ދާނޭ ކަމަށެވެ.
ދިވެހި ޕާސްޕޯޓުގެ ޚިދުމަތަށް މުޅިން އައު ފަސޭހަ ބަދަލުތަކެއް!#DhivehiPassportService #IMUGA pic.twitter.com/aRBBInfLyH
— Maldives Immigration (@ImmigrationMV) June 29, 2023
މޯލްޑިވްސް އިމިގްރޭޝަނުން "އިމުގަ" ޕޯޓަލް ރަސްމީކޮށް އިފްތިތާހުކޮށް ބޭނުންކުރަން ފަށާފައިވަނީ 21 ޖޫން 2020ގައެވެ.