އިންޑިއާގެ އުއްތަރު ޕްރްދޭޝްގެ ވެރިރަށް ލަކްނޫގައި، މި ފަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް، ޝާހް ރުކްގެ ނަންދީފައިވާ އަޖްމީރީ ބަކަރިއެއް 600،000 އިންޑިއަން ރުޕީސްއަށް ވިކިއްޖެއެވެ. 

ރިޕޯޓުތައް ބުނާގޮތުން، މަޝްހޫރު ސުޕަރ ސްޓަރ، ޝާހްރުކްގެ ނަންދީފައިވާ މި ބަކަރީގެ ބަރުދަނުގައި 300 ކިލޯހުއްޓެވެ. އަދި މި ބަކަރި ގެންގުޅުނު މީހާގެ އަތުގައި، ޕަތާން، ސުލްތާން އަދި ރާޖްކުމާރުގެ ނަންދީފައިވާ ބަކަރިވެސް ހިމެނޭކަމަށް ވެއެވެ. 

ލަކްނޫގެ ބަކަރި މާރުކޭޓްތަކުގެ  ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ބޮޑު ޢީދާ ދިމާކޮށް، 3 މިލިއަނަށްވުރެ ގިނަ ބަކަރި ވިކިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.