އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2023ގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފަހު މެޗުގައި ލުބްނާން އަތުން 1-0ގެ ނަތީޖާއަކުން ބަލިވެ މުބާރާތުގައި އަމިއްލަ ބާރު ރާއްޖެއަށް ގެއްލިއްޖެއެވެ. މި ނަތީޖާއާއެކު ލުބްނާން ވަނީ، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މި މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ.

ރާއްޖެއަށް މިހާރު ސެމީއަށް ދިއުމަށް އޮތް ހަމަ އެކަނި އުންމީދަކީ، މިރޭ، ބޫޓާނާ ބަންގުލަދޭޝް ކުޅޭ މެޗުން 2 ލަނޑުގެ ތަފާތަކުން ބޫޓާން އަތުން ބަންގުލަދޭޝް ބަލިވުމެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ 23 ވަނަ މިނިޓްގައި އެޓީމުގެ ކެޕްޓަން ޙަސަން މަތޫކެވެ.

މި ނަތީޖާއާއެކު ލުބްނާނަށް ގްރޫޕްގެ އެއްވަނައިގައި ސެމީއަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކުއެވެ. ގްރޫޕްގެ ދެވަނައިގައި އޮތް ބަންގާޅާއި ތިންވަނައިގައި އޮތް ރާއްޖެއަށް ލިބިފައި ވަނީ 3 ޕޮއިންޓެވެ. ބޫޓާނަށް ޕޮއިންޓެއް ނުލިބި އޮތްއިރު، މި ގްރޫޕުން ސެމީގެ ޖާގަ ހޯދާ ދެވަނަ ޓީމު ކަށަވަރު ވާނީ، ބަންގާޅާއި ބޫޓާން މެޗުގެ ނަތީޖާއިންނެވެ.