އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2023ގެ ގްރޫޕް "އޭ"ގެ ފަސް ވަނަ މެޗުގައި ނޭޕާލާ ވާދަކޮށް 2-0ގެ ނަތީޖާއަކުން ބަލިވެ، މުބާރާތުގައި އެންމެ ޕޮއިންޓެއްވެސް ނުލިބި ޕާކިސްތާނުން މުބާރާތް  ނިންމާލައިފިއެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ނޭޕާލަށް ކާމިޔާބުކޮށްދިނީ 80 ވަނަ މިނިޓްގައި އާޝިޝް ޗައުދަރީއެވެ.

މި ނަތީޖާއާއެކު، 3 ޕޮއިންޓާއެކު ގްރޫޕްގެ 3 ވަނަ ލިބިގެން ނޭޕާލަށް ވެސް މުބާރާތް މިވަނީ ނިމިފައެވެ.