އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް 2023ގެ ގްރޫޕް "އޭ"ގެ ހަތަރު ވަނަ މެޗުގައި، ނޭޕާލާ ވާދަކޮށް 2-0ގެ ނަތީޖާއަކުން މޮޅުވެ މުބާރާތް ބާއްވާ އިންޑިއާއިން މި މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ހޮނިހިރު ދުވަހު ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އިންޑިއާގެ ފުރަތަމަ ލަނޑު ފަހު ހާފުގެ 61 ވަނަ މިނިޓްގައި ޖަހައދިނީ ކެޕްޓަން ސުނިލް ޗެޓްރީއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 91 ވަނަ ލަނޑެވެ. އެޓީމުގެ ދެވަނަ ލަނޑު 70 ވަނަ މިނިޓްގައި ޖަހައިދިނީ ނައޮރެމް މަހޭޝް ސިންގއެވެ.

މި މުބާރާތުގައި އިންޑިއާ ދެން ވާދަކުރާނީ، އަންގާރަ ދުވަހު ކުވޭތާ ދެކޮޅަށެވެ. މިއީ އެ ގްރޫޕްގެ ފަހު މެޗެވެ.