މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ގްރޫޕް "ބީ"ގެ ދެވަނަ މެޗުގައި ރާއްޖެއާ ބޫޓާން ވާދަކުރި މެޗުން، 2-0 އިން މޮޅުވެ ރާއްޖޭން ފެށުން ރަނގަކޮށްފިއެވެ.

ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ މެޗުގައި، ރާއްޖެއަށް ލީޑު ނަގައިދިނީ، ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 6 ވަނަ މިނިޓްގައި މުޙައްމަދު ހަމްޒާ (ހަމްޕު)އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓްގައި ރާއްޖެއަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކުރީ ހަސަން ނާއިޒް (ދާދު)އެވެ. 

މުބާރާތުގައި ރާއްޖެ ކުޅޭ 2 ވަނަ މެޗުގައި އަންނަ އާދީއްތަ ދުވަހު ނުކުންނާނީ، ބަންގުލަދޭޝާ ދެކޮޅަށެވެ. މި ގްރޫޕްގައި އެދުވަހު ދެން ކުޅޭ މެޗުގައި ވާދަކުރާނީ ލުބުނާނާ ބޫޓާނެވެ.