ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅުގެ ކުރީގެ މެންބަރު އަލްމަރުޙޫމް ޢަބްދުﷲ ޖަމީލްގެ ހަނދާނުގައި، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޚާއްސަ ހަމަހިމޭންކަމުގެ ސްކޫތެއް ގެނެސްފިއެވެ.

މަރްޙޫމް ޢަބްދުﷲ ޖަމީލް ވަނީ، ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން، 30 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފއެވެ.

ދިވެހި ދައުލަތަށް 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެއް ކަމަށްވާ މާފަންނު ދޫރެސް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރުޙޫމް ޢަބްދުﷲ ޖަމީލް އަވަހާރަވީ އިއްޔެއެވެ. އެމަނިކުފާނުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، އިއްޔެގެ ޢަޞްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. ފަސްދާނުލެވުނީ، ގަލޮޅު ސަހަރާގައެވެ.