ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ، އެމެރިކާގެ އިންޓަރ މިއާމީއާ ގުޅެން ތައްޔާރުވަމުންދާ ކަމަށް އޭނާ ބުނެފިއެވެ. 

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (މެސީ) އެމެރިކާގެ މޭޖަރ ސޮކަރ ލީގު (އެމްއެސްއެލް)ގެ ކްލަބަކަށް ކުޅެން ނިންމާފައި މިވަނީ، ސައޫދީ އަރަބިއްޔާގެ އަލް އިއްތިހާދުން ވެސް އޭނާއަށް ވަރުގަދަ ހުށަހެޅުމެއް ލިބިފައިވަނިކޮށެވެ. 

މެސީ ބުނީ، "އަހަރެން ނިންމައިފިން އިންޓަރމިއާމީއަށް ދާން. އެކަމަކު އަދި 100 އިންސައްތަ ނުނިމޭ" ދުނިޔޭގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ އަލް މުންޑޯއަށް ދިން އިންޓަރވިއުއެއްގައި، އަދިވެސް ކުރާން ޖެހޭ ބައެއް ކަންކަން ހުރިކަން ފާހަގަކުރަމުން މެސީ ބުންޏެވެ.

މެސީއާއެކު، ބައެއް ކުޅުންތެރީން އެމެރިކާ ލީގަށް ބަދަލުވާން ތައްޔާރުވަމުން ދާއިރު، ސައުދީ ބޮޑެތި ކްލަބްތަކުން ދަނީ ވިލާތުގެ ވަރުގަދަ ކްލަބުތަކުގައި ތިބި މަޝްހޫރު ކުޅުންތެރީންތަކެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީގެ އަލް އިއްތިހާދަށް ކުޅެމުން އަންނައިރު، ރެއާލްގެ ފްރާންސް ތަރި ކަރިމް ބެންޒީމާ މިހާރު ވަނީ ސައުދީގެ އަލް އިއްތިހާދަށްސ ސޮއިކޮށްފައެވެ.