މިދިޔަ އަހަރުގެ ފަހުކޮޅު، އެމެރިކާއާއި އިޒްރޭލް ގުޅިގެން އީރާނަށް ދިން ހަމަލާގެ ނާކާމިޔާބު ތަޖްރިބާއަށްފަހު، ދެން އެގޮތަށް އެއްވެސް ބަޔަކަށް އީރާނަށް ހަމަލާދޭން ނުކެރޭނެކަމަށް އެގައުމުން ބުނެފިއެވެ.
އީރާނުގައި މިއަދު ކުރި ހުކުރުނަމާދުގެ ޚުތުބާގައި، ތެހެރާނުގެ ހުކުރުނަމާދުގެ ވަގުތީ އިމާމު މުޙައްމަދު ޙަސަން އަބޫ ޠުރާބީ ފާރިދް ވިދާޅުވީ، 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައަށް ފަހު އެމެރިކާއަށް އެ އެޅުނު ޅައެތި ތަކުރާރުކުރާން ނުކެރޭނޭ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ހަނގުރާމައިން އީރާނުގެ އަސްކަރީ ބާރުގަދަކަން ދުނިޔެއަށް ފެނިގެން ގޮސްފައިވާ ކަމަށެވެ.
މައިގަނޑު ނުކުތާތައް
- އީރާނުން ބުނީ އެމެރިކާއަށް ދެން ހަމަލާއެއް ދޭން ނުކެރޭނޭކަމަށް.
- 12 ދުވަހުގެ ހަނގުރާމައަކީ އީރާނުގެ އެންމެ ފަޚުރުވެރި އެއް ހަނގުރާމަ ކަމަށް އިމާމު ސިފަ ކުރެއްވި
- އީރާނުން އެމެރިކާއަށް "އަމާންދިނުމަށް" މަޖުބޫރުކުރި ކަމަށް އިމާމު ވިދާޅުވި.
- އީޔޫއިން އައިއާރްޖީސީ ޓެރަރިސްޓް ލިސްޓުގައި ހިމެނުމަކީ އީރާނު "ރުޅިއަރުވަން" ކުރި "އަސާސެއްނެތް" ކަމެއްގެ ގޮތުގައި ސިފަކުރެއްވި.
- ދުނިޔޭގެ ބާރުތައް އެމެރިކާއާ ދުރަށް ބަދަލުވަމުންދާ ކަމަށް ޚުތުބާގައި އިމާމު ވިދާޅުވި.