އަނދިރިއަނދިރީންގެ ދުވަސްވަރު ރާއްޖޭގައި މިގޮތަށް މީޑިއާތައް އޮވެ، އޭނާއަށް މީޑިއާތަކުގެ ކޮންޓްރޯލް ލިބުނުނަމަ އަނދިރިއަނދިރީންވެސް ދިވެހީންގެ މެދުގައި ބަޠަލަކަށް ވުން އެކަށީގެންވާކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ދިވެހި ސަރުކާރުގެ އެއްބާރުލުމާއެކު، ރާއްޖެއާ ފޯޅަވައްސާއި ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު މޮރީޝަސްއާއި ރާއްޖެއާ ދެމެދު ހަމަހަމައަށް ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯސް އޮފް ދަ ސީޒް (އިޓްލޮސް)އިން ނިންމި ނިންމުމަށް ފާޑުވިދާޅުވެ، އޭނާ ނިސްބަތްވާ ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޠާރިގު ވަނީ، ރާއްޖޭގެ މީޑިއާތަކަށާއި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ،

ތޯރިގު ވިދާޅުވީ، ޗާގޯސް ކަނޑުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލުން ނިންމި ދުވަހު ރާއްޖެއިން އެ މައްސަލަ ކާމިޔާބުކޮށްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކުރުމުން ހިތަށް އެރީ އޭނާ ކުރިން ސާފް ޗެމްޕިއަންޝިޕް މެޗެއްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ބަލިވި ދުވަހު ކޯޗު އައިސް ރާއްްޖެ ވަރަށް މޮޅުކަމަށާއި އަދި އެދުވަހު މޮޅުވީ ރާއްޖެކަމަށް ވެސް  ކޯޗު ބުނި ކަމަށެވެ. 

"އެ ޒާތަށް މިއަދުގެ ނޫސްވެރިން ލިޔަމުންދާ އިރު އަދި ހަބަރު ތާރީހަަށްޓަކައި ރައްކާތެރިކުރަމުންދާ އިރު އޮޅުވާލުމެއްގެ ތެރޭގައި ދިވެހި ރައްޔިތުން ބައިތިއްބާ އިރު ހަގީގަތުގައި ވެސް އެއީ ހިތާމަ ކުރާ ކަމެއް." ނަމަވެސް ހަގީގަތުގައި ތަށި ގެންދިޔައީ ބަންގްލަދޭޝްކަން ފާހަގަކޮށް އޭނާ ވިދާޅުވިއެވެ.

 "މި ބީދައިން މިގޮތަށް ކަންތައްތައް ދިމާވީމާ ރާއްޖޭގެ ފުންނާބު އުސް ސިޔާސީ ބޭފުޅަކު އެ ދުވަހު އަޅުގަނޑު ކައިރީގައި ވިދާޅުވީ އަނދިރިއަނދިރިންނަށް އެދުވަސްވަރު މީޑިއާތައް އޮތް ނަމަ އަދި އެ މީޑއާތައް ކޮންޓްރޯލް ކުރެވޭ ކަމަށް ވާނަމަ އަނދިރިއަނދިރިން ވެސް ވާނީ ރާއްޖޭގައި ބަތަލަކަށޭ." 

އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ 47،000 އަކަ މޭލު ގެއްލިގެން ހިނގައްޖެ ކަމަށާއި މިއީ ދިވެހި ރައްޔިތުން ބަލައިގަންނާނޭ ކަމެއް ނޫންކަމަށާއި، އަދި ރައީސް ޞާލިޙާއި އޭނާގެ ސަރުކާރުން ވަނީ، ގައުމަށް ޣައްދާރުވެފައި ކަމަށް، ސަރުކާރާ ވާދަވެރި ސިޔާސީ ފަރާތްތަކުންނާއި، އަދި ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުން ދަނީ ބުނަމުންނެވެ،