އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކެއިރް ސްޓާމަރގެ ޗީފް އޮފް ސްޓާފް ސޫ ގްރޭއަށް ލިބިވަޑައިގަންނަވާ ބޮޑު މުސާރައާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެ، ސަރުކާރު ހަލަބޮލިވާން ފެށުމުން އެކަމަނާ އިސްތިއުފާ ދެއްވައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސޫ ގްރޭއަށް، މުސާރައިގެ ގޮތުގައި އިނގިރޭސި ބޮޑުވަޒީރަށް ވުރެ ބޮޑު އާމްދަނީއެއް ލިބެއެވެ. އެގޮތުން އެކަމަނާއަށް އަހަރަކު 170،000 ޕައުންޑު (223,000 އެމެރިކާ ޑޮލަރު) ލިބެއެވެ. ޝާއިއުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސޫ ގްރޭގެ މުސާރަ އަކީ އެހެން ހުރިހާ ސްޕެޝަލް އެޑްވައިޒަރުންނަށް ވުރެ ބޮޑު މުސާރައެކެވެ.

ޗީފް އޮފް ސްޓާފުގެ މަގާމުން އިސްތިއުފާދެއްވުމަށް ފަހު ގްރޭ މިހާރު ދެން މަސައްކަތް ކުރައްވާނީ ސްޓާމަރގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބެއްގެ ގޮތުގައެވެ. ޗީފް އޮފް ސްޓާފްގެ މަގާމަށް މިހާރު ސޫގެ ބަދަލުގައި މޯގަން މެކްސްވީނީ ވަނީ ހަމަޖައްސައިފައެވެ.

ސޫ ގްރޭ މަޝްހޫރުވެފައިވަނީ 2022 ވަނަ އަހަރު ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވި "ޕާޓީގޭޓް"ގެ ތަހުގީގަށް ފަހުއެވެ.