އަރީޙާ (އޮގަސްޓް 26، 2024) - ހުޅަނގު އައްސޭރީގެ އަރީޙާ (ޖެރީކޯ)ގެ އުތުރުގައި ޢުރުދުން ވާދީގެ އައުޖާ ފެންއާރު ކައިރީގައި ތިބި ފަލަސްތީނުގެ އާއިލާއަކަށް ހަރުކަށި އިސްތިއުމާރީ ވަޒަންވެރީންގެ ބަޔަކު ހަމަލާދީފިއެވެ.

އަޢުޖާއަށް ނިސްބަތްވާ ފަލަސްޠީނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ޔޫސިފް އަލީ އަދާވީއާ ހަވާލާދީ ވާފާ ނޫހުން ބުނީ، އިސްތިއުމާރީން އޭނާގެ ފަސް މެންބަރުންގެ އާއިލާއަށް ގަލުން ހަމަލާދީފައިވާ ކަމަށެވެ. ހަމައެއާއެކު، އެމީހުންގެ ޓެންޓާއި އެމީހުންގެ އަތުގައި ހުރި އެހެން ތަކެތި ފޭރިގެންފައިވާ ކަމަށާއި އަދި އޭގެ ކުރީން އެމީހުންނަށް ބިރުދެއްކުމަށް، އައުޖާގައި އެވަގުތު އުޅުނު އިސްތިޢުމާރީ ފުލުހުންގެ ކުއްތާތައް އެމީހުންނާ ދިމާއަށް ދޫކޮށްލި ކަމަށެވެ.

އެމީހުންގެ ޓެންޓާއި އެހެނިހެން ސާމާނުތައް ގެއްލުނު ނަމަވެސް، އެ އާއިލާއަށް އެއްވެސް އަނިޔާއެއް ނުލިބި، އިސްތިޢުމާރީ ވަޒަންވެރީންގެ ކިބައިން އެވަގުތު ސަލާމަތް ވެވުނު ކަމަށް އޭނާ ކިޔައިދިނެވެ.

އިސްތިއުމާރީން ދަނީ، ފަލަސްތީނުގެ ރައްޔިތުންނަށް ދޭ ހަމަލާތައް ވަރުގަދަކޮށް، އެތަނުން ފަލަސްތީނުގެ ޢާއިލާތައް ގަދަކަމުން ބޭރުކުރުމުގެ ވަސީލަތެއްގެ ގޮތުގައި، ޢުރުދުންގެ ވާދީގައިވާ އަޢުޖާގެ ފެންއާރުތަކުގެ މައްޗަށް މަޑުމަޑުން ކޮންޓްރޯލް ނަގަމުންނެވެ.