ބައިނަލްއަގްވާމީ، އިންސާނީ ގާނޫނުތަކާ ހިލާފަށް ހަތިޔާރުތައް ބޭނުންކުރުމުގެ ނުރައްކާ އޮތުމުގެ ސަބަބުން، އިޒްރޭލަށް ހަތިޔާރު ވިއްކުމުގެ ހުރިހާ ކަމެއް ވަގުތުން ހުއްޓާލުމަށް ސޭވް ދަ ޗިލްޑްރަން ޔޫކޭ އިން އިނގިރޭސި ސަރުކާރަށް ވަރަށް އާދޭހާ އެކު ގޮވާލައިފިއެވެ.

ސޭވް ދަ ޗިލްޑްރަންގެ މި އިލްތިމާސް އައިފައި މިވަނީ، އިޒްރޭލުގެ ވައިގެ ހަމަލާތަކެއްގައި ޣައްޒާގައި ދިހަ އަހަރުގެ އެއްމާބަނޑު ހަތަރު ކުދިންނާއި އެކުދީންގެ މަންމަ ހިމެނޭ ގޮތަށް ހަ ކުދިން މަރުވި ހިތާމަވެރި ހާދިސާއަށް ފަހުއެވެ.

އިޒްރޭލުން މިހާރު ހިނގަމުންދާ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިންނަށް ކުރާ އަސަރުތަކާ ގުޅިގެން އެ ޖަމިއްޔާއިން ވަނީ ވަރަށް ބޮޑަށް ހިތާމަ ފާޅުކޮށް، ފަލަސްތީނުގެ ކުދީންނަށް އިތުރު އަނިޔާވެރިކަމާއި ހިތްދަތިކަން ކުރިމަތިވިޔަ ނުދިނުމަށް، ހަނގުރާމަ ވަގުތުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށްވެސް އިލްތިމާސްކޮށްފައެވެ.