ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އެނބުރި އައިތާ ތިން އަހަރު ފުރުން ފާހަގަކުރުމަށް، ބަގްރާމް އަސްކަރީ ވައިގެ މަރުކަޒުގައި ކުރިއަށް ގެންދިޔަ ޚާއްސަ ޕެރޭޑުގައި އެމީހުންގެ ބާރުގެ ދަށުގައި ހުރި އެމެރިކާގެ އަސްކަރީ އާލާތްތައް ދައްކާލައިފިއެވެ.

ތާލިބާނުންގެ ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަކުރީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު އެ ޖަމާއަތުން ވެރިކަމަށް އައުމުގެ ކުރިން އެމެރިކާގެ ސިފައިންގެ ހަބެއްގެ ގޮތުގައި އޮތް ބަގްރާމް އެއާ ބޭސްގައި ބޭއްވި އަސްކަރީ ޕެރޭޑަކުންނެވެ. މި ޕެރޭޑްގައި ތާލިބާނުން ވަނީ، އެމެރިކާއިން އަފްޣާނުން ފޭބި އިރު، ދޫކޮށްދިޔަ ހަނގުރާމައިގެ އުޅަނދުފަހަރާއި ހަތިޔާރާއި ހެލިކޮޕްޓަރުތައް ދައްކާލައިފައެވެ.

ތާލިބާނުންގެ ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަކުރީ ބަގްރާމް އެއާ ބޭސްގައި ބޭއްވި އަސްކަރީ ޕެރޭޑަކުން--

 

މި ހަރަކާތުގެ ސަބަބުން އެމެރިކާގެ ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ރުޅިވެރިކަން އުފެދިފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ އެ އާލާތްތައް ދޫކޮށްލަން ނިންމި ނިންމުމުގެ ޒިންމާ ބައިޑަން-ހެރިސްގެ ސަރުކާރަށް އުފުލާފައެވެ.

ތާލިބާނުންގެ މި ޙަރަކާތުގައި ޗައިނާ އާއި އީރާނުގެ ޑިޕްލޮމެޓުން ބައިވެރިވި އިރު، އެމެރިކާއިން އަފްޣާނުން ފޭބުމަށް ބޭނުންކުރި ސްޓްރެޓެޖީއާ ބެހޭ ގޮތުން، ވަނީ ބަހުސްތައް ހޫނުވެ، ދުނިޔޭގެ ސަމާލުކަމަށް މިކަން އައިސްފައެވެ.