މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ ލާއިންސާނީ އަސްކަރީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ ކުޑަކުދިންގެ ޢަދަދު 16،456އަށް އަރައިފިކަމަށް ޣައްޒާސަރުކާރުގެ މީޑިއާ އޮފީހުން ރިޕޯޓްކޮފިއެވެ.

އިޒްރޭލުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޯމަ ދުވަހު އާންމުކުރި އަދަދުތަކަށް ބަލާއިރު، އިސްރާއީލު ސިފައިން ދިން 3،486 ހަމަލާގައި 39،897 މީހުން ޝަހީދުވެފައި ވާއިރު އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނާއި 11،088 އަންހެނުންނެވެ.

އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި މަދުވެގެން 885 ޞިއްޙީ ޚިދުމަތްތެރީންނާއި 168 ނޫސްވެރިންނާއި 79 ސިވިލް ޑިފެންސް މެންބަރުން ޝަހީދުކޮށްލާފައިވެއެވެ.

މި ލާއިންސާނީ ޖަރީމާތަކާ ގުޅިގެން، ދެކުނު އެފްރިކާއިން ވަނީ އެހެން ގައުމުތަކުގެ ތާއީދާއެކު ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލުގެ މައްޗަށް ނަސްލު ނައްތާލުމާއި އެނޫންވެސް ހަނގުރާމައިގެ ޖަރީމާހިންގުމުގެ ދައުވާ އުފުލާފައެވެ.