ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން މިއަދު ނުވަތަ މިރޭގެ ވަގުތެއްގައި ގައުމާއި އަދި މުޅި ދުނިޔެއާ މުޚާތަބު ކުރައްވާން އުޅުއްވާ ކަމުގެ އަޑުތައް ފެތުރިއްޖެއެވެ. ރިޕޯޓުތައް ބުނާގޮތުން، ޕޫޓިންގެ މި ތަގުރީރުގެ ސަބަބުން ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި އަދި ބައިނަލްއަގްވާމީ އެހެނިހެން ބައިނަލްއަޤްވާމީ ސިޔާސީ މައްސަލަތަކަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

ޕޫޓިންގެ ކުއްލި ތަގުރީރެއްގެ އަޑު ފެތުރިގެން މި ދިޔައީ، ރަޝިއާގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމާއި ދާދި ފަހުން އެޤައުމުގައި ދިން ހަމަލާތަކަށް ރައްދު ދެއްވާނެ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕޫޓީންގެ މި ޚިޠާބިގައި ޔޫކްރެއިންއާ ދެކޮޅަށް ފުރިހަމަ ބޮޑު ހަނގުރާމައެއް ރަޝާއިން އިއުލާނު ކުރައްވައިފާނޭކަމަށް ބެލެވެއެވެ. އަދި އަލަށް ދެވޭ ވަރުގަދަ ހަމަލާތަކުގެ އަމާޒަކީ ކިއޭވް އާއި ލްވީވް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ބައިނަލްއަގްވާމީ މުޖުތަމައުން ދަނީ ޕުޓިންގެ ތަގުރީރާ ގުޅޭ މަޢުލޫމާތުތައް ވަރަށް ގާތުން ބަލަމުންނެވެ. ސަބަބަކީ، ޕޫޓީންގެ މި ޚިޠާބުގެ ސަބަބުން، ރަޝާއާއި ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި،  ބައިނަލްއަޤްވާމީ ސިޔާސީ މަޝްރަޙަށް ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެތީއެވެ.