އެމްޑީޕީގެ ޓިކެޓްގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވައި، 7،621 ވޯޓުން އިންތިޚާބު ކާމިޔާކުރެއްވި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް ޢާޒިމް، މޭޔަރުކަމުގެ ހުވާކުރައްވައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ( ބައިއިލެކްޝަން) މޭޔަރ އަދި 3 ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު-- ފޮޓޯ: ސިޓީ ކައުންސިލް

 ޢާޒިމްގެ އިތުރުން، ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، އަހުމަދު ރިޝްވާން އާއި، ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާއާއި އަދި މާފަންނު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމްވެސް ވަނީ ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މަގާމުގެ ހުވާކުރައްވައިފައެވެ. 

މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ( ބައިއިލެކްޝަން) މޭޔަރ އަދި 3 ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު-- ފޮޓޯ: ސިޓީ ކައުންސިލް

 

މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ ( ބައިއިލެކްޝަން) މޭޔަރ އަދި 3 ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރުގައި މާލެ ސިޓީގެ ކުރީގެ މޭޔަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި، އަދި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ.