ލަކްޝަދީޕް ޕްރޮމޯޓް ކުރެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކުރެއްވި މަސައްކަތަކީ އެއްވެސް ހާލެއްގައްގައި ލަކްޝަދީޕަށް ތަރައްޤީ ގެނައުމުގެ ނިޔަތުގައި ކުރެއްވި ކަމެއް ނޫނެވެ. އެއީ އިންޑިއާ އުނގަށް ނުވެއްޓި، އަމިއްލަވަންތަ ވެރިކަމެއް ކުރައްވަން ރައީސް ޑރ. މުއިއްޒު ނިންމެވުމުން ދިވެހި ރާއްޖެއަށް ޖެއްސުން ކުރައްވަން މޯދީ ފެއްޓެވި ޑްރްމާ އެކެވެ. ނަމަވެސް މިކަން މައްސަލައަކަށްވީ ސަބަބަކީ އެއީއެއް ނޫނެވެ. ދެޤައުމުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރަން ފެށުނު ސަބަބަކީ މިސްޓަރ-ސިންހާ ނަމަކަށް ކިޔާ އިންޑިއާގެ އެކްސް (ކުރީގެ ޓްވިޓަރ) ހެންޑުލް އަކުން ކުރި ޕޯސްޓެކެވެ. މޯދީގެ ލަކްޝަދީޕް ދަތުރާއިވެސް ގުޅުވައިގެން، ދިވެހީނާއި ދިވެހި ރާއްޖެއަށް ނިސްބަތްކޮށް، ވަރަށް ހުތުރު ބަހުން މިސްޓް-ސިންހާ ކުރި އެކްސް ޕޯސްޓަކީ ގަސްތުގައި ދިވެހިން ރުޅިއަރުވަން ފެށި ޑްރާމާއެކެވެ.

މޯދީ ދުވަހު ދެދަޅައަށް ލަކްޝަދީޕަށް ވަޑައިގެން ލަކްޝަދީޕް ކިތައްމެވަރަކަށް ތަރައްޤީ ކުރެއްވިއަސް އެކަމަކާ ދިވެހީން އެއްވެސް ވަރަކަށް ކަންބޮޑު ވާން ޖެހޭ ސަބަބެއް ނެތެވެ. ކަންބޮޑެއް ނުވާނެއެވެ. މިހާރުވެސް ސީޝެލްސް، މޮރިޝަސް، އަދި މިފަހުން ސައުދިއަރަބިއާގެ ރެޑްސީ އައްސޭރިފަށުގައި ވެސް ރާއްޖެއާއި ދާދި އެއްވައްތަރުގެ ފަތުރިވެރިކަން ތަރައްޤީކޮށް އެބަ ހިންގައެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ރާއްޖޭގައި މަސްވެރިކަން ކުރެއޭ ކިޔާފައި އެހެން ޤައުމަކުން މަސްވެރިކަމަށް އިންވެސްޓް ކުރުމަކުން ދިވެހިން އެކަމަކާ ކަންބޮޑުވެެން ނޫޅޭނެއެވެ. މޯދީގެ ލަކްޝަދީޕް ދަތުރު މައްސަލައަކަށް ހެދީ، ރާވައިގެން، މޯދީ އާއި މޯދީގެ ބީޖޭޕީ އިންނެވެ.

މައްސަލަ ހޫނުވެ، ދެޤައުމުގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ދެޤައުމުގެ މީޑިއާގެ ފަރާތްތަކުގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުން ދަނިކޮށް ދެން ފެނުނީ އިންޑިއާ ސަރުކާރުގެ ކުރީގެ ކެބިނެޓް މިނިސްޓަރެއް، އަދި ކުރީގެ ޕާލިމެންޓް މެމްބަރެއް ކަމުގައިވާ، ވެރިކަން ކުރާ ބީޖޭޕީގެ އިސް މަސްއޫލުވެރިއެއް ކަމުގައިވާ ސުބްރަމާނިއަން ސުވާމީ، ޖެނުއަރީ 15 ވަނަ ދުވަހު ކުރި އެކްސް ޕޯސްޓެކެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައި ވަނީ އިންޑިއާ ސިފައިން 15 މާރޗްގެ ކުރިން ދިވެހި ރާއްޖެއިން ބޭލުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދިއަށް ރައީސް މުއިއްޒު އަންގަވާފައިވާ މަކަށާއި، ދިވެހި ރާއްޖެއަކީ އިންޑިއާގެ މޫނަށް ކިސަޑު ޖަހާފައިވާ "ނަމަކް-ހަރާމީ" އެއް ކަމަށެވެ! އަދި ރާޖިވް ގާނދީ އިންޑިއާ ސިފައިން ރާއްޖެ ފޮނުވި ގޮތަށް މޯދީ ވެސް ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވައިގެން ރައީސް ޑރ. މުއިއްޒުގެ ވެރިކަން ބަދަލުކުރަން އޭނާ އިންޑިއާ ސަރުކާރަށް ގޮވާލިއެވެ.

ސްވާމީގެ މި އެކްސް ޕޯސްޓާއެކު ދިވެހި ރާއްޖޭގެ ވަރަށް ގިނަ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ބައެއް ނޫސްތައް ކެކި އަރައިގަތެވެ. އެކި ސިފަސިފާގައި އިންޑިއާ އަށާއި ސްވާމީއަށް ރައްދު ދޭން ފެށިއެވެ. ނަމަވެސް ފާހަގަ ކުރެވުނު ކަމަކީ ވަރަށް ކުދި ކުދި ކަންކަމުގައިވެސް ޓްވީޓް ކުރައްވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ، ސްވާމީގެ މި އެކްސް ޕޯސްޓް ކުއްވެރި ނުކުރަައްވާ ކަމެވެ. ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަރަށް މޯޅި ގޮތަކަށް، މިކަން ކުށްވެރިކުރައްވައި، ދުރު ދުރުން ޕޯސްޓެއް ކުރެއްވިއެވެ. ނަމަވެސް އެމްޑީޕީގެ ގިނަބަޔަކު ތިބީ ހިމޭނުންނެވެ. އެމީހުން އެދެނީ އިންޑިއާ ސިފައިން ރާއްޖެ އަރައި ރައީސް މުއިއްޒު ވެރިކަމުން ދުރުކޮށް، އިބޫ ސޯލިހަށް ތަބަކަކަށް ލާފައި ދިވެހި ރައްޖޭގެ ވެރިކަން ދީ، އިންޑިއާގެ ޕަޕެޓް ސަރުކާރެއް މިތާގައި ޤާއިމް ކުރުމަށް ކަމުގައި މާނަ ކުރެވިދާނެއެވެ.

އެކްސްގައި ވަރަށް އެކްޓިވް ކޮށް، އެމްޑީޕީގެ މަސްލަހަތު ހިމާޔަތް ކޮށް ޕޯސްޓުކުރާ ހެންޑުލް އެއް ކަމުގައިވާ "އައްޑޫ-އެކްސް-ފައިލްސް" އިން ކުރި ޕޯސްޓެއްގައި ވަނީ އިންޑިއާ ނޭވީގެ މަތިންދާ ބޯޓު އުފުލާ ދެމަނަވަރު ކަމުގައިވާ ވިކްރަމަދިޔާ  އާއި އައިއެންއެސް ވިކްރަންތު އިންޑިއާ ކަނޑު ޕެޓްރޯލް ކުރަން ފަށައިފި ކަމަށާއި، އިންޑިއާ އާއި ދެކޮޅު ފަރާތްތަކަށް މިމަނަވަރު ތަކުން ފާރަލާނެ ކަމަށެވެ. އަދި އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނު ކަމަކީ "އައްޑޫ-އެކްސް-ފައިލްސް" އިން ކުރި އެކްސް ޕޯސްޓު ޓެގް ކޮށްފައިވަނީ ސުބްރަމާނިއަމް ސްވާމީއަށް ކަމެވެ. މީގެން މިދޭ މެސެޖް ވަރަށް ސާފެވެ. އިންޑިއާގެ ބިޔަ، ބޮޑު، މަތިންދާ ބޯޓު އުފުލާ ދެމަނަވަރު އިންޑިއާ ކަނޑު ޕެޓްރޯލް ކުރަން ފަށައިފި ކަމަށާއި، މިދެމަނަވަރު އައިސް ރާއްޖެއަށް ކައިރިކޮށް ރާއްޖެ ހިފަންވީ ކަމަށެވެ. މީގެ މަދު ދުވަސް ކޮޅެއް ކުރިން އިންޑިއާގެ އާއްމުންގެ މީހަކު ކުރި އެކްސް ޕޯސްޓެއްގައި ވެސް، އިންޑިއާއިން އެންމެ ދެމަނަވަރު ފޮނުވައިގެން ވެސް ރާއްޖެ ހިފިދާނެ ކަމަށް ބުނެފައި ވެއެވެ. މިއީ އިއްތިފާގެއް ނޫނެވެ. ރޭވިގެން ހިނގާ ކަމެކެވެ!

މީގެ ފަސް ވަރަކަށް އަހަރު ކުރިން، އޮގަސްޓް 2018ގައި، ރާއީސް ޔާމިނުގެ ވެރިކަމުގެ ފަހު ދުވަސް ކޮޅުގައި ވެސް ސުބްރަމާނިއަން ސްވާމީ މިފަދަ ޓްވީޓެއް ކުރިއެވެ. އެއިރު އޭނާ ބުނީ 23 ސެޕްޓެމްބަރ 2018 ގައި ބާއްވާ ރިއާސީ އިންތިހާބުގައި ރައީސް ޔާމިން މަކަރު ހައްދަވައިފި ނަމަ އިންޑިއާއިން ދިވެހި ރާއްޖެ ހިފަން ޖެހޭނެ ކަމަށެވެ. އެއާއި ގުޅިގެން ދިވެހި ސަރުކާރުން ޝަކުވާ ކުރުމުން އިންޑިއާ ސަރުކާރުން ބުނީ އެއީ ސުބްރަމާނިއަންގެ އަމިއްލަ ޚިޔާލެއް ކަމަށާއި، އެއީ އިންޑިއާ ސަރުކާރާ ގުޅުން ހުރި ޚިޔާލެއް ނޫން ކަމަށެވެ. ދާދި ފަހުން ދިވެހި ސަރުކާރުގެ ޑެޕިއުޓީ މިނިސިޓަރ ފެންވަރުގެ ތިން ބޭފުޅަކު އިންޑިއާގެ ބޮޑު ވަޒީރަށް ނިސްބަތް ކޮށް ކުޑައިމީސް ބަހެއް އެކްސް ޕޯސްޓެއް ކޮށްގެން އިންޑިއާއާއި އެމްޑީޕީން ހީވީ ދުނިޔެ ޤިޔާމަތްވީ ހެންނެވެ. އިންޑިއާއިން ސްވާމީގެ ޓްވީޓަށް ފާޑު ނުކިޔައި، އެއީ އޭނާގެ އަމިއްލަ ޚިޔާލް ކަމަށް ބުނި އިރު އޭނައަކީ ވެރިކަން ކުރާ ބީޖޭޕީގެ އިސް މަސްއޫލު ވެރިއެކެވެ. އެއީ އޭނާގެ އަމިއްލަ ޚިޔާލް ކަމުގައި ވާނަމަ ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުންގެ ޚިޔާލަކީ ވެސް އެބޭފުޅުންގެ އަމިއްލަ ޚިޔާލެވެ.

އިންޑިއާ ވީމަ ވަކި ގޮތެއް އޯކޭ ވެފަ "ކުޑަ-ކުޑަ" ދިވެހި ރާއްޖެ ވީމަ ތަފާތު ކުރުން އޯކޭ އެވެ! މިއީީ އިންޑިއާގެ ލޮޖިކެވެ. އެމްޑީޕީގެ ވެސް ލޮޖިކެވެ. ދިވެހި ރާއްޖޭގެ ރައްޔިތުން ފުރިހަމަ އަޣުލަބިއްޔަތަކުން ހޮވާފައި، ވެރިކަން ހަވާލު ކޮށްފައި ހުރި ރައީސުލްޖުމްހޫރިއްޔާ އަކު ވެރިކަމުން ދުރު ކުރުމަށް ހަނގުރާމަމަތީ މަނަވަރު ފޮނުވުމަށް އިންޑިއާގެ ނުފޫޒުގަދަ ސިޔާސީ ލީޑަރަކު ގޮވާލުމަކީ އިންޑިއާއިން ރަސްމީކޮށް މާފަށް އެދެން ޖެހޭވަރުގެ ކަމަކެވެ. ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ ކަމަށް އިންޑިއާ ދައުވާ ކުރަނީ އެންމެ ފުރިހަމައަށް އިންޑިއާގައި ޑިމޮކްރެސީ އޮވެެގެންނެއް ނޫނެވެ. އެއީ ޑިމޮކްރެސީ އޮންނަ ޤައުމު ތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު ޤައުމަކަށް ވުމުން ކިޔާ އެއްޗެކެވެ. އެގޮތުން ބަލާނަމަ ދުނިޔޭގެ އެންމެ ބޮޑު "ބުލީ" އަކީ ވެސް އިންޑިއާއެވެ. އިންޑިއާއިން ބުލީ ނުކުރާ ޤައުމެއް މުޅި ދެކުނު އޭޝިއާގައި ނެތެވެ. ދުނިޔޭގެ އެންމެ ބޮޑު ބުލީއެވެ! ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީއެއް، އެއް ޤައުމެއްގައި އޮތް އިންޑިއާ އަކީ މުސްލިމުންނަށް އެންމެ އިހާނެތިކޮށް ކޮށް ކަންކުރާ ޤައުމުވެސް މެއެވެ. އިޒްރޭލް ނަގާފައި މުސްލިމުންނަށް އެންމެ ނަފްރަތު ކުރާ، މުސްލިމުންނަށް އަނިޔާވެރި ބަޔަކީ ވެސް މިހާރު އިންޑިއާގެ ވެރިކަމުގައި ތިބި ބީޖޭޕީއާއި އެޕާރޓީގެ ހިންދުތުވާ އެކްޓިވިސްޓުންނެވެ. އެބައިގަނޑަށް ހިތްވަރު ދެނީ ގުޖުރާތުގެ މުސްލިމުންނާއި ދެކޮޅަށް ޤަތުލްއާއްމު ހިންގައި، މުސްލިމުންގެ ލެއިން ދެއަތް ތަތްތެޅިފައިވާ ބޮޑު ވަޒީރު ނަރެންދުރަ މޯދީއެވެ.

ނަމަވެސް، ހިތާމައަކީ، އިންޑިއާގެ މި ނާތަހުޒީބް އަމަލު ދިފާއު ކުރާނެ ދިވެހީންގެ ބަޔަކު މި ފަސްގަނޑުގައި ތިބި ކަމެވެ. ދިވެހި ރައްޔިތުންނަށް ނުވަތަ ދިވެހި ޤައުމަށް ރައްކާތެރިކަމުގެ ބަހެއް ބުނުމުގެ ބަދަލުގައި ތާ އަބަދު އިންޑިއާ ދިފާއުކޮށް، އިންޑިއާއިން ހިތްވަރު ލިބިގެން ސިޔާސީ ކުރިމަގު ބައްޓަން ކުރާ ބަޔަކު އެބަތިއްބެވެ. އެއީ ކުރީގެ ރައީސް އިބޫ ސޯލިހާއި، މާރިޔާ ދީދީއާއި، އަބްދުﷲ ޝާހިދާއި، ފައްޔާޒު އިސްމާއީލާއި، އެމްޑީޕީއެވެ.

މިހާރުވެސް އިންޑިއާ ސިފައިން ރާއްޖެ އަރައި، ދިވެހި ސަރުކާރު ބަދަލު ކޮށްފިނަމަ އުފަލުން، ހެވިފައި ގޮސް އެމްޑީޕީއިން ވެރިކަމާއި ހަވާލުވާނެއެވެ. އެއީ ދިވެހި ޤައުމަކަށް، ދިވެހި ރައްޔިތަކަށް ހެވެއް، ލާބައެއް، ސަލާމަތެއް، ކުރި އެރުމެއް އެދިގެން އުޅޭ ބައިގަނޑެއް ނޫނެވެ. އިންޑިއާ ނަސްލުގެ ބޮޑުވަޒީރަކު ވެރިކަން ކުރާ އިގިރޭސި ވިލާތާއި، މޯދީގެ އިންޑިއާ އަކީ އެމްޑީޕީ ވާގި އެދޭ ދެފަރާތެވެ. އެމްޑީޕީގެ އެ ފިކުރަކީ އިގިރޭސި ވިލާތާއި އިންޑިއާ ބޭނުންވާ ގޮތަށް މި ދިވެހި ޤައުމު ފޮތިފޮތި ކޮށް، ކަނޑުން ބައިތައް ވިއްކާލައި، ދިވެހި ޤައުމު އިންޑިއާގެ ބަޔަކަށް ހަދަން ޖެހުނަސް ހަދަން ތިބި ބައެކެވެ.

ދިވެހީންނަކީ ކުޑަ އާބާދީ އެކެވެ. ނަމަވެސް ބިޔަ ބޮޑު ޤައުމެކެވެ. އިންޑިއާ ސިފައިންނަށް ދިވެހިރާއްޖޭގެ ބިން ހިފިދާނެއެވެ. ނަމަވެސް ދިވެހީން ފަތަހައެއް ނުކުރެވޭނެއެވެ. އެމެރިކާއަށް އިންޑިއާ ވެސް ހިފިދާނެއެވެ. އެހެން ވީމައި ކޮންގްރެސް ޕާރޓީގެ ރާހުލް ގާނދީ ޓްވީޓް ކުރައްވައި، އިންޑިއާ ހިފަން އެމެރިކާއަށް ހިތްވަރު ދެއްވަން ވީތޯ އެވެ؟ މިއީ ވަރަށް ދަށުދަރަޖައިގެ، ނާތަހުޒީބު އަމަލެކެވެ. އިންޑިއާގެ ބޮޑު ވަޒީރުން ފެށިގެން ސްވާމީ އާއި ހަމައަށް، އަދި އޭގެ ދަށަށް ވެސް، ހިންދުތުވާ މީހުންގެ ވިސިްނުމަކީ، އެހެން މީހުން ދަށްކޮށް ގިއްގަޅުވާލުމުގެ ވިސްނުމެވެ.

ވަރަށް ފަހަކާ ޖެހެން ދެން އިންޑިއާގެ ހިންދޫން އަމަލު ކުރަމުން އައިސްފައިވާ ގޮތަކީ ފިރިމީހާ މަރުވުމުން އެމީހާގެ ޤަބުރު (ހިންދޫ ދީނުގެ ސަގާފަތާއިއެއް ގޮތަށް) އަންދާލާ އިރު، އެއަލިފާންގަނޑުގެ ތެރޭގައި ހުވަފަތް އަނބިމީހާ ވެސް އަންދާލުމެވެ. އިންޑިއާގެ ހަރުކަށި ހިންދޫން ޤަބޫލުކުރާ ގޮތުގައި އިންޑިއާގެ ލޯވަރ ކާސްޓް (އަންޓަޗަބަލްސް) އަކީ ޖަނަވާރުންނަށް ވުރެ ދަށް ބައެކެވެ. އިންޑިއާގެ ހަރުކަށި ހިންދޫންނަކީ ފްލައިޓެއް ޑިލޭވާއިރަށް ޕައިލެޓަށް ހަމަލާ ދެމުން، އެއާލައިން ތަކުގެ އެއާ ހޮސްޓެސް އިންނަށް ދޮންދޭން ފްލައިޓް ތެރޭ ދުވަމުން، ގެރީގެ ބޮޑުކަމުދާ އެއްޗިއްސާއި، ގެރީގެ ކުދަކަމުދާ އެއްޗިއްސަކީ ބަރަކާތްތެރި އެއްޗެތި ކަމަށް ދައުވާ ކުރަމުން، އެފަދަ ނަޖިސް ތަކެތި ކަމުން، ބޮމުން، ގެރިއަށް ކީއްކުރަން، ފިރިހެނުންގެ ޖިންސީ ގުނަވަނަށް ވެސް އަޅުކަން ކުރަމުންދާ ބައެކެވެ. އާބާދީ ބޮޑަކަސް، ޤައުމު ބޮޑަކަސް، އިންޑިއާގެ ހިންދުތުވާ މީހުންނަކީ ވަރަށް ނާތަހުޒީބު، ރުންކުރު ބައެކެވެ. މިއީ ޔަހޫދީން ނަގާފައި މުސްލިމުންނަށް އެންމެ ނަފްރަތު ކުރާ މީހުންނެވެ.

މިވަރުގެ ބަޔަކަށް ދިވެހި ކަނޑުތަކާއި ބިންތައް ހިތަކަށް ދީގެން، މިޤައުމުގެ ދުވަސް ދުއްވާލަން ރާވަމުންދިޔަ އެމްޑީޕީގެ ކިބައިން މި ދިވެހި ޤައުމު ސަލާމަތް ކޮށްދެއްވި ކަމަށް ޓަކައި ދިވެހި ރައްޔިތުން ﷲއަށް ޝުކުރުގެ ސަޖިދަ ވެސް ޖަހަން ޖެހެއެވެ. އެމްޑީޕީއަށް އިތުރު ފަސް އަހަރު 2023ގައި ދިން ނަމަ ދިވެހިރާއްޖެ ދިވެހީންނަށް އަނބުރާ ނުލިބުނީހެވެ. ދެން އަނެއްކާ އެމްޑީޕީއަށް ވެރިކަން ހޯދައިދޭން އުޅޭ އެއްވެސް މީހަކީ އަސްލު ދިވެއްސެއް ނޫނެވެ. އެއީ ހަމަ އިންޑިއާ މީހެކެވެ. މާރޗް މަހު ބާއްވާ މަޖުލިސް އިންތިހާބުގައި ދިވެހި ރައްޔިތުން ފަހުބަސް ބުނެ، އިންޑިއާއާއި އެމްޑީޕީގެ ހީލަތްތެރި ރޭވުމުން މި ޤައުމު ސަލާމަތް ކުރަން ޖެހެއެވެ.