މިއަދު ފެށުނު މީލާދީ އާ އަހަރުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭރު ގައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.

ރަހުމަތްތެރި ޤައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވި މެސެޖުގައި، އާ އަހަރުގެ މުނާސަބަތުގައި އެ ގައުމުތަކުގެ ވެރިންނަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ހުރިހާ ގައުމެއްގެ ރައްޔިތުންނަށް ވެސް މި އާ އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި ކާމިޔާބު އަހަރަކަށް ވުމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރައީސްގެ މެސެޖްފައި އާ އަހަރާ އެކީ އެކި ގައުމުތަކާއި ރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއް ގައުމުން އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުވެގެން ދާނނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، ‌‌‏ރައީސް ވަނީ އާ އަހަރުގެ ތަހުނިޔާގެ މެސެޖު ދުނިޔޭގެ ބޮޑެތި ޖަމުޢިއްޔާތަކުގެ ވެރިންނަށް ވެސް ފޮނުއްވައިފައެވެ. އދ. އާއި ސާކް އަދި އަދި ކޮމަންވެލްތް ފަދަ ޖަމިއްޔާތަކުގެ ވެރިންނަށް އާ އަހަރުގެ ތަހުނިޔާ މެސެޖު ފޮނުއްވާފައިވެއެވެ.

ރައީސް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށާއި، ދުނިޔޭގެ ހާލަތު ރަނގަޅު ކުރުމަށް އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.