ރައީސް އޮފީހުގެ ތަރުޖަމާނު ކަމަށް އައްޔަން ކުރިތާ މަސް ދުވަސް ނުވަނީސް އެ މަޤާމުން ކުރީގެ ނޫސްވެރިޔާ މުހައްމަދު ޝަހީބު އެމަގާމުން ވަކިކޮށްފިއެވެ.

އޭނާ ސްޕޯކްސްޕާސަންގެ މަޤާމުން ވަކިކޮށްފައިވާއިރު، ރައީސް އޮފީހުގެ ވެބްސައިޓުން މިހާރު ދައްކާ ގޮތުން ޝަހީބު އަކީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. މި ބަދަލު ގެނެސްފައިވަނީ މިއަދު ކަމަށް މަައުލޫމާތު ލިބެއެވެ.

ޝަހީބު ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާ އެ މަޤާމުގައި ހުންނެވި އިރު ބައެއް ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދެވި ގޮތުން ބައެއް ފަރާތްތަކުން ހާއްސަކޮށް ނޫސްވެރިންގެ ފަރާތުން ފާޑުކިއުންވެސް ސަރުކާރަށް އަމާޒުވިއެވެ.