ރެއިން ފެށިގެން މެދުކެނޑުމެއް ނެތި މާލެ އަށް ވެހޭ ވާރޭގައި ގެއްލުން ލިބުނު ބައެއް ގެތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެން އެ ގޭގޭގެ ހާލަތު ބައްލަވާލައްވައިފިއެވެ.

ވިއްސާރައިގައި ގެއްލުންވި ގެތަކަށް ފެންބޮޑުވެ ގެއްލުން ލިބުނު ބައެއް ހިސާބުތަކަށާއި ގޯތިގެދޮރަށް ރައީސް މުއިއްޒު ވަނީ މިއަދު ހަވީރު ޒިޔާރަތްކޮށް ވަނީ ހާލު ބައްލަވާލައްވާފަ އެވެ. ރައީސްގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މާލެއާއި އަތޮޅުތެރޭގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް އެހީތެރިވުމަށް ރައީސް މުއިއްޒުގެ އެންގެވުމަށް ގައުމީ ފެންވަރުގައި ހުރިހާ އޭރިއާ ކޮމާންޑެއްގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.