ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ އަށް ގެންނަން ފައިސާ ހުށަހަޅާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

އެމްޑީޕީގެ 13 މެމްބަރެއް ވަނީ ޕީއެންސީއާ މިރޭ ސޮއިިކޮށްފައެވެ. އެ މެމްބަރުން ޕީއެންސީއަށް ގެންނަން ފައިސާ ހުށަހަޅަމުންދާ ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން މިއަދު ވަނީ މަޖިލީހުގެ ޖަލްސާގައި ތުހުމަތު ކުރައްވާފައެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބް ވިދާޅުވީ މެންބަރުން ގެންނަން ފައިސާއާ މަގާމުގެ ޑީލް ހުށައަޅަމުންދާ ވާހަކަ އަކީ ކަނޑައެޅިގެން ބަޔަކު ހަދަމުންދާ ދޮގެއް ކަމަށެވެ.

އެމްޑީޕީގެ 13 މެންމްބަރަކު ސޮއިކުރީ މިރޭ ޕީއެންސީން ދަރުބާރުގޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ބާއްވާ ހާއްސަ ޖަލްސާގައެވެ.