ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ރަސްމީ ދަތުރެއްގައި އަނެއްކާ ވެސް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ މަނިކުފާނުގެ މި ދަތުރަކީ ރިޕަބްލިކް އޮފް މޮންޓެނީގްރޯގެ ޑަނިލޮވްގްރަޑްގައި ބާއްވާ 3 ވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓެނީގްރޯގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.

މި ކޮންގްރެސް އޮންނާނީ މި މަހުގެ 24-26 އަށެވެ.

ކޮންގްރެސްގައި ނައިބު ރައީސް ބައިވެރިވަޑައިގަންނަވަނީ މޮންޓެނީގްރޯގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަ ފޮ ސެކިއުރިޓީ، އިންޓާނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި އެ ގައުމުގެ ރައީސް އަލެކްސާ ބެސިކްގެ ދަޢުވަތަކަށެވެ.