އިސްލާމިކް މިނިސްޓްރީގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ތަރައްގީ ކުރުމަށް އެހީތެރިކަން ހޯދުމަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާ އެކީ އެބަސްވުއްގައި ސޮއިކޮށްފިއެވެ.

އިސްލާމީ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ޢުމަރެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، އެ ވުޒާރާގެ ޚިދްމަތްތައް ޑިޖިޓަލައިޒްކޮށް ތަރައްޤީ ކުރުމުން، ވުޒާރާގެ މަސައްކަތްތައް އަވަސްވެ ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ސަޢީދާ ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއެކު މިސޮއިކުރި އެމް.އޯ.ޔޫގެ މަޤްސަދަކީ ރައްޔިތުންނަށް ލިބޭ ޚިދްމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް މަގުފަހިކޮށްދިނުން ކަމަށެވެ.