ޣައްޒާގެ އުތުރުގައި ތެލާއި މުވައްޒަފުންނާއި ޚިދުމަތްދޭނެ ސާމާނު މަދުވުމުގެ ސަބަބުން، ޣައްޒާގެ އުތުރުގައި ޚިދުމަތްދެވޭވަރުގެ ހޮސްޕިޓަލެއް ނެތްކަމަށްދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ. 

ފަލަސްތީނުގައި ހުންނަ ޑަބްލިޔުއެޗްއޯގެ މަންދޫބު ރިޗަޑް ޕީޕަރކޯން ގުދުސްގައި ހުންނަވައިގެން ވީޑިއޯ މެދުވެރިކޮށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "ހަގީގަތުގައި އުތުރުގައި އެއްވެސް ފަންކްޝަނަލް ހޮސްޕިޓަލެއް ނެތް،" ކަމަށެވެ. 

އަލް އަހުލީ ހޮސްޕިޓަލަކީ އެންމެ ފަހުން އެފަދަ ހާލަތެއްގައި ހުރި ހަމަ އެކަނި ހޮސްޕިޓަލް ކަމަށާއި، ނަމަވެސް މިހާރު އެ ހޮސްޕިޓަލަކީވެސް "މިނިމަލީ ފަންކްޝަނަލް" ތަނެއްކަމަށް އޭނާ ވިދާޅުވިއެވެ.