މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާނެ ކަން ހާމަކުރުމާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައްދު ދެއްވައިފިއެވެ.

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި އެކަން ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ އިމުގެ ތެރޭގައި މި ސަރުކާރުން ކުރާނެއެވެ.

މިކަމާ ގުޅިގެން "އެކްސް"ގައި މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ޤައުމީ ތަރައްޤީގެ އުސް ލަނޑުދަނޑިއެއް ކަމެއް ނުދެނަހުރިން" ކަމަށެވެ.

"ވަރަށް މާފު!" މައުމޫން ވިދާޅުވިއެވެ.

މައުމޫންގެ އެހެން ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީއަތުގައި ވަކި ހަމަތަކަކާ އުސޫލުތަކެއްގެ މަތިން ކުރަން އޮންނަ ކަމެކެވެ. އެމައްސަލައާ ބެހޭ ލިޔުމެއް ބުރާސްފަތި ދުވަހު ޝާއިއުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން ރައީސް މައުމޫނު ކުރެއްވި އެކްސް ޕޯސްޓަށް ގިނަ ޢަދަދެއްގެ ބަޔަކު ދަނީ ރައްދުދީ، ފާޑުކިޔަމުންނެވެ.