ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހު ސަރުކާރުގެ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު, ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރާނެކަން އިއުލާނުކޮށްފިއެވެ.

އޭނާ ބުދަ ދުވަހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް 20 ވަނަ މަޖިލީހަށް ވާދަކުރަން ނިންމީ ކުޅުދުއްފުއްޓަށް ހައްގު އިންގިލާބީ ބޮޑު ބަދަލު ހޯދުމަށްޓަކައި، ސިޔާސީ ބާރުވެރި ފުދުންތެރި ބޮޑު ތިލަދުންމައްޗަކަށް އަމާޒު ހިފުމަށް ކަމަށެވެ.

އަލީ ވަހީދު ވަނީ ދާދި ފަހުން އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަނެފައެވެ.