މި ސަރުކާރަކީ މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވާ ސަރުކާރެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާ ގަވާއިދާ އެއްގޮތަށް އެކަން ކުރާނެ ކަމަށެވެ.

"މިހާރުގެ ސަރުކާރަކީ މަރުގެ އަދަބު ތަންފީޒުކުރަން ހަމަ ނިންމާފައި އޮތް ސަރުކާރެއް،" އިހުސާން ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުޢީ ނިޒާމުގައި މަރުގެ ހުކުމް އިއްވި ނަމަވެސް މިހާތަނަށް އެ ހުކުމް އެއްވެސް ސަރުކާރެއްގައި ތަންފީޒްކޮށްފައެއް ނުވެއެވެ. މިވަގުތުވެސް މަރުގެ ހުކުމް އިއްވާފައިވާ 4 މީހަކު އެބަތިއްބެވެ.