ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ ތަފްސީލް އަދި ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒު ޤާސިމާ ބައްދަލުކުރައްވާފައިވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުން ވެރިކަކުރާ ޕީޕީއެމް/ޕީއެންސީއާއި، ޤާސިމްގެ ޖުމްހޫރީ ޕާޓީން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ، އެމްޑީއޭ، ދަ ޑިމޮކްރެޓްސް އަދި އެމްއެންޕީގެ ލީޑަރުންނާވެސް ބައްދަލުކުރައްވައިފައެވެ.