ރޯދަ މަހުގެ ފަހު 10ގައި އަޅުކަމަށް ޚާއްސަކުރުމުގެ ގޮތުން އެއީ، ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބު މިއަދު ވިދާޅުވީ، އެ ނިންމުން ނިންމެވީ މިއަދު ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި ކަމަށެވެ.

ރޯދަމަހުގެ ފަހު 10 ބަންދުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އޭގެ ބޭނުމަކީ އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ރޯދަމަހުގެ ފަހު 10ގެ އަޅުކަމަށް ފުރުސަތު ދީ، ދީނީ ކަންކަމަށް ވަގުތު ހުސްކޮށްދިނުމެވެ.