ރާއްޖޭގައި ތިބިގެން ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ހަދައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުން، ސަރުކާރުން ވަނީ ހުރިހާ ބަރަހަނާ ސައިޓުތައް ބްލޮކް ކުރަން ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އަންގައިފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން، ދައުލަތުގެ އެސްވެސް މުއައްސަސާއަކުން ރަސްމީކޮށް ބަހެއް ނުބުނެއެވެ. 

އެނގިފައިވާ ގޮތުން ސަރުކާރުގެ އެންގުމާ އެއްގޮތަށް، ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ އުރީދޫއާއި ދިރާގުން ވެސް ވަނީ އެފަރާތްތަކުންދޭ އިންޓަނެޓް ބޭނުންކޮށްގެން ބަރަހަނާ ސައިޓުތަކަށް ނުވަދެވޭގޮތް ހަދައިފައެވެ.