ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަންނަ މަހަށް ފަސްކޮށްފިއެވެ.

ކުރިން ހަމަޖެހިފައި އޮތީ ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީ މި މަހުގެ 23 ގައި ބޭއްވުމަށެވެ. ނަމަވެސް މިހާރު ވަނީ ޕްރައިމަރީ އަންނަ މަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

ޕީޕީއެމުން ބުނީ ޕްރައިމަރީ ފަސްކުރީ ޕްރައިމަރީ ބާއްވަން ނިންމާފައިވާ ތާރީހަކީ ސްކޫލް ބަންދު ދުވަސްވަރަކަށް ވެފައި، ގިނަ އަދަދެއްގެ ރައްޔިތުން އެކިއެކި ބޭނުމަށާއި، އުމްރާ އަށް ގައުމުން ބޭރަށް ދަތުރު ކުރަން ހަމަޖެހިފައިވާތީ، ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުންނާއި ކޯލިޝަނުގެ އާންމު މެމްބަރުންގެ އެދުމުގެ މަތިން ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު-- ފޮޓޯ: ޕީޕީއެމް

 

ޕްރައިމަރީގައި ވާދަކުރަން ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާއިރު، ޕީޕީއެމުން ވަނީ ޕްރައިމަރީގައި ވާދަކުރަން ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އަންނަ ހަފްތާގައި އާންމު ކުރާނެ ކަމަށް ބުނެފައެވެ. އަދި ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓާއި ވޯޓު ނެގުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ވަގުތު ވެސް އިއުލާންކުރާނެ ކަމަށް ބުނެފައިވެއެވެ.