ޓޫރިޒަމް މިނިސްޓަރުގެ ނައިބުންނަށް އިތުރު ތިން ބޭފުޅަކު އައްޔަންކޮށްފިއެވެ.
އިއްޔެ އެ މަގާމަށް އައްޔަންކުރި ތިން ބޭފުޅުންނަކީ އައްޝަދު ސައީދާއި ނާޝިމާ އަބްދުއްލަތީފުގެ އިތުރުން އިބްރާހީމް ސުއޫދެވެ.
ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައި ފަހުން ޓޫރިޒަމް މިނިސްޓްރީއަށް ކުރިން ވެސް ދެ ޑެޕިއުޓީ މިނިސްޓަރުން އައްޔަންކޮށްފައިވެއެވެ. އެ ދެ ބޭފުޅުންނަކީ އިބްރާހީމް ޔޫސުފުފުޅާއި މުހައްމަދު ޔާމީން އަހުމަދެވެ.
މިހާތަނަށް ވަރަށް ގިނަ މިނިސްޓްރީތަކަށް އެކި ފެންވަރުގެ މިނިސްޓަރުންނާއި އެކި ކުންފުނިތަކާއި އެކި އިދާރާތަކުގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފައިވެއެވެ.