ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ލެފްޓިނެންޓް ޖެނެރަލް ރޭންކަށް ޕްރޮމޯޓްކުރައްވައިފިއެވެ.

މިކަމަށްޓަކައި ހޯމަ ދުވަހު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ރައީސް ޑރ. މުހައްމަދު މުޢިއްޒު ޗީފް އޮފް ޑިފެންސް ފޯސްއަށް ލެފްޓިނެންޓް ޖެނެރަލްގެ ރޭންކު ޙަވާލުކޮށްދެއްވިއިރު، މަޤާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ ދިފާއި ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފް، ލެފްޓިނެންޓް ޖެނެރަލް ރޭންކަށް މިއަދު ޕްރޮމޯޓްކުރައްވައި ޑިފެންސް މިނިސްތަރު ޣައްސާން މައުމޫނު ލިޔުން ޙަވާލުކުރައްވަނީ- ފޮޓޯ: އެމްއެންޑީއެފް

 

މިއަދު މަޤާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްއަކީ އަސްކަރީ ތާރީޚުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާއި ހަމައަަށް ވަޑައިގެންނެވި ތިންވަނަ ބޭފުޅާއެވެ.