އިޒްރޭލުގެ ސަޙްޔޫނީ އަނިޔާވެރި ފައުޖުތަކުން، ފަލަސްޠީނުގައި ހިންގަމުންއަންނަ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯކުރުމުން ރާއްޖޭން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު އެޗްއީ ހިއުގޯ ޔޮންއާ ބައްދަލުކުރެއްވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުކުރެއްވުމާ ބެހޭ ގޮތުން މިނިސްޓަރު ޒަމީރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޣައްޒާއާ ގުޅޭގޮތުން ދާދިފަހުން އދ.ގެ ސަލާމަތީ މަޖިލީހުން ނެގި ވޯޓާ ގުޅިގެން އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށާއި، އަދި ވަގުތުން ހަނގުރާމަ ހުއްޓާލައި، އިންސާނީ އެހީގެ ކޯރިޑޯތައް ހުޅުވުމަށް ރާއްޖޭން ގޮވާލާ ގޮވާލުން ތަކުރާރު ކުރެއްވިކަމަށެވެ. 

ޚާރިޖީ ވަޒީރު ޒަމީރު ވިދާޅުވީ، އެމެރިކާގެ ސަފީރާއެކު ބޭއްވީ އުފެއްދުންތެރި ބައްދަލުވުމެއް ކަމަށާއި، އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާ އެމެރިކާއިން ދިފާޢީ ދާއިރާ، ވިޔަފާރި، އަދި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ހިމެނޭ ގޮތަށް އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ.