އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެޕާޓީއަށް އަލުން ސޮއި ކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ވަހީދު ވިދާޅުވީ 7 އަހަރާއި 7 ދުވަހަށް ފަހު އަލުން އަނބުރާ އެ ޕާޓީއަށް ސޮއިކުރައްވާފައިވާ ކަމަށެވެ.

"އިރާދަފުޅުން އެމް.ޑީ.ޕީ އަށާއި މުޅި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ޚިދުމަތް ކުރާނަން." އަލީ ވަހީދު ވިދާޅުވެފައިވެއެވެ.

އަލީ ވަހީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވުމަށްފަހު ޕާޓީންނާއި ޗެއާޕާސަން މަގާމުން އިސްތިއުފާ ދެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނެވިއިރުއެވެ. އޭގެފަހުން އަލީ ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެޕާޓީގެ ރައީސްކަންވެސް ކުރައްވާފައިވެއެވެ.

އަލީ ވަހީދަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރެވެ. ނަމަވެސް، ޖިންސީ ގޯނާގެ ތުހުމަތެއްގައި ރައީސް އިބްރާހީމްގެ ހިތްޕުޅަށް އޭރުކުރެއްވި އަސަރެއްގެ ބޮޑުކަމުން، ވަޒީރުކަމުން ޢަލީ ވަކިކުރެއްވީއެވެ. ދެން މިއަހަރުގެ ރިޔާސީ އިންތިޚާބާ ޖެހެންދެން ޢަލީ ދިރިއުޅުއްވީ އިނގިރޭސިވިލާތުގައެވެ.