ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ސަރުކާރުގެ އެކި ވުޒާރާތަކުގެ މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު 9 ބޭފުޅަކު އައްޔަނުކުރައްވައިވިއެވެ. 

އަލަށް ނައިބު ވަޒީރުންނަށް ހަމަޖެއްސި ބޭފުޅުންނަކީ: 

  • މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުގެ މަގާމަށް- ޢަލީ ޖަނާހް، ހއ. ބާރައް، ސައުދީ މަންޒިލް

  • މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބުގެ މަގާމަށް- މުޙައްމަދު ޢާރިފް، ށ. ކަނޑިތީމު، ރަތްވިލާގެ

  • މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބުގެ މަގާމަށް- އަލްއުސްތާޛާ މަރްޔަމް ޝިފާނާ ޢަލީ ސަލީމް، ހ. މެލްބަން

  • މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް- ޙަސަން މިރާސް، މއ. މާފުނަ

  • މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބުގެ މަގާމަށް- އާމިނަތު މުނާ، ލަކީސްޓާރ، ދ. ބަނޑިދޫ

  • މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަގާމަށް- އަޙްމަދު މާއިސް - ވެލާނާގެ، ނ. ވެލިދޫ

  • މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނައިބުގެ މަގާމަށް- އިބްރާހީމް ޢަލީމް - ރޯޅި، ގއ. ކޮލަމާފުށި

  • މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ނައިބުގެ މަގާމަށް- ފާޠިމަތު ޒުހުރާ، ވ. ފައުނު

  • މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބުގެ މަގާމަށް - އަލްއުސްތާޛު ޢަބްދުﷲ މަޙްޒޫމް މާޖިދު، ބަގީޗާގެ، ނ. ކުޑަފަރި

މިހާރު ރައީސް މުޢިއްޒު ސަރުކާރުގައި ނައިބު ވަޒީރުންގެ ފެންވަރުގައި ތިއްބެވި ބޭފުޅުންގެ ޢަދަދު 75އަށް އެރީއެވެ. މިއިން ކޮންމެ ބޭފުޅަކަށް 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސާއެކު މަހެއްގެ މައްޗަށް 35،000 ރުފިޔާ ދައުލަތުން ހޭދަކުރާނެއެވެ. އެއީ ހަމަ އެކަނި ނައިބު ވަޒީރުންނަށް މަހެއްގެ މައްޗަށް 2,625,000 (ދެމިލިއަން ހަސަތޭކަ ފަންސަވީސް ހާސް) ރުފިޔާއެވެ.