ރައްޔިތުންގެ މަޖިލިހުގެ މި ދައުރު މި މަހުގެ 18އާ ހަމައަށް ދަންމާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާން ކުރެއްވި ގޮތުގައި މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް މި ދައުރު ކުރިއަށް ގެންދާނެއެވެ.

ދައުރު ދަންމާލަން ނިންމީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކުރުން ހިމެނޭ ގޮތަށް މުހިންމު މަސައްކަތްތަކެއް އަދިވެސް ހުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.